އާސަންދަ ރިކޮމެންޑޭޝަން ފޯމު ދެން ބަލައިގަންނާނީ މައި އާސަންދަ ޕޯޓްލައިނުން ކަމަށް އާސަންދައިން ބުނެފިއެވެ.
އާސަންދައިން ބުނެފައިވަނީ އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް މިހާރު ޑޮކްޓަރު ރިކޮމެންޑޭޝަން ފޯމު ފުރައިދޭނީ ހަމައެކަނި އާސަންދަ ޕޯޓަލް މެދުވެރިކޮށްކަމަށެވެ.
ޕޯޓަލް ތެރެއިން ޑޮކްޓަރު، އާސަންދަ ފޯމު ސަބްމިޓުކުރުމުން، މައި އާސަންދަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާއެކު ޚިދުމަތަށް އެދެވޭނެ ކަމަށާއި، ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ޕޯޓަލްއަށް އަޕްލޯޑު ލުރެވޭނެކަމަށްވެސް އާސަންދައިން ބުނެފައިވެއެވެ.
ޕޯޓަލްއަށް އަޕްލޯޑުކުރަންޖެހޭ އިތުރު ލިޔެކިޔުންތަކަކީ:
- ބަލި މީހާގެ އައިޑީކާޑު ކޮޕީ
- ބައްޔާ ގުޅުންހުރި ޑޮކްޓަރީ ލިޔުންތަކާއި ރިޕޯޓުތައް
- ބޭނުންވާ ޙާލަތްތަކުގައި މެޑިފޯމް
މި ބަދަލާ ގުޅިގެން ސަމާލުވުމަށް އެދި އާސަންދައިން ބުނެފައިވަނީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާއަށް ދިއުމަށް ރިކޮމެންޑޭޝަން ފޯމު ބޭނުންވާނެކަމަށާއި މިހާރު ބަލި މީހާ ބަލާވަގުތު، އެ ފޯމު އާސަންދަ ޕޯޓަލް ތެރެއިން ފުރުމަށްފަހު އާސަންދައަށް ސަބްމިޓް ކުރާނީ ޑޮކްޓަރުކަމަށެވެ.
އާސަންދައިގެ ޚިދުމަތް އިތުރަށް ފުޅާކޮށް ރާއްޖެއިން ބޭރަށް ފަރުވާއަށް ދާ މީހުންނަށް ލުއި ގޮތްތައް ހޯދައި ދިނުމަށް ސަރުކާރުމް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.






