Close

19ވަނަ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަށް 20ވަނަ މަޖިލީހުން ރުހުން ދީފި!

19ވަނަ މަޖިލީހުން ރުހުން ނުދިން މިސަރުކާރުގެ ތިން ވަޒީރުންނަށް 20ވަނަ މަޖިލީހުން ރުުހުންދީފިއެވެ.

މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ތިން ވަޒީރުންނަށް ރުހުން ދޭން ފާސްކޮށްފައިވަނީ ކޮމެޓީ އަށް ހާޒިރުވެ ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް 19ވަނަ މަޖިލީހުން ރުހުން ދީފައި ނުވަނީ، ބަންޑާރަ ނާއިބު އަހްމަދު އުޝާމާއި، އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ޢިމާރާތް ކުރުމާއި ބިނާރާއި ބެހޭ ޑރ. އަލީ ހައިދަރަށެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް 19 ވަނަ މަޖިލީހުގައި ނެގި ވޯޓުގައި، ބަންޑާރަ ނާއިބުކަމަށް އުޝާމް އައްޔަނު ކުރަން ރުހުންދީ، ވޯޓު ދެއްވާފައިވަނީ 24 މެންބަރުންނެވެ. އަދި ވޯޓޫގައި ބައިވެރިވެލެއްވި 44 މެންބަރުންވަނީ ރުހުން ނުދޭން ވޯޓުލައިފައެވެ.

އިސްލާމީ ވަޒީރު ކަމަށް ޑރ. ޝަހީމް އައްޔަނުކުރަން، ރުހުން ދޭން 30 މެންބަރުން ވޯޓު ދެއްވި އިރު، ރުހުން ނުދޭން 31 މެންބަރުން ވޯޓު ދިނެވެ.

އިމާރާތް ކުރުމާއި ބެހޭ ވަޒީރު ހައިދަރަށް ރުހުން ދޭން ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި 46 މެންބަރުން ވަނީ އޭނާއަށް ރުހުން ނުދޭން ވޯޓު ދީފައެވެ. ރުހުންދޭން ވޯޓު ދެއްވީ 26 މެންބަރުންނެވެ.

މަޖިލީހުން ރުހުން ނުދިން ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ މަޤާމުތަކަށް އަލުން އެ ބޭފުޅުން އައްޔަން ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top