Close

ސަރުކާރުގެ ޚަރަދުގައި ޙައްޖަށްދާ ޙައްޖާޖީން މިއަދު ސަޢުދީއަށް ދާނެ!

ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ދިއުމަށް ހަމަޖެހިފައިވާ ޙައްޖާޖީން މިއަދު ސަޢުދީއަރަބިއްޔާއަށް ގޮސް ނިމޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

މި ޙައްޖާޖީންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ދަޢުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ޙައްޖަށް ފޮނުވާ 1000 ފަޤީރުންގެ ތެރެއިން 1445 ވަނަ އަހަރު ޙައްޖަށް ފޮނުވާ 50 ޙައްޖާޖީންނެވެ.

އިސްލާމީ ވުޒާރާއިން ބުނެފައިވަނީ މިއަހަރު ޙައްޖަށް ގެންދާނެ 50 މީހުން ހޮވާފައިވާނީ އެވުޒާރާގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ގެންދެވުނު ލައިވް އިވެންޓެއްގައި ގުރުއަތުލުމަކުން ކަމަށެވެ.

އަދި ޖުމްލަ 60 މީހުންގެ ގުރުއަތެއް އެދުވަހު ވަނީ ނެގިފައި ކަމަށާއި އެއީ 1445 ވަނަ އަހަރު ޙައްޖަށް ދާން ގުރުއަތުން ހޮވުނު 50 (ފަންސާސް) ފަރާތާއި ގުރުއަތުން ހޮވޭ ފަރާތަކުގެ ތެރެއިން އެއްވެސް ސަބަބަކާއި ހުރެ ޙައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ، ޖާގަ ދޭނެ އިތުރު 10 (ދިހަ) ފަރާތެއް ހިމެނޭ ގޮތަށް ކަމަށްވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.

ފުރަތަމަ ޖާގަ ލިބުނު 50 ފަރާތުގެ ތެރެއިން އުޒުރުވެރިވެގެން 10 ފަރާތުން ވަނީ ޖާގަ މިއަހަރަށް ދޫކޮށްލާފައި ކަމަށާއި އެހެންކަމުން ލިސްޓްގެ ތަރުތީބުން ރިޒާވް ލިސްޓުގައި ތިބި 10 ފަރާތަށް އެ ފުރުސަތު ވަނީ ދެވިފައި ކަމަށްވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.

31 މެއި 2024 ގައި ފުރި ފުރަތަމަ ފްލައިޓުގައި މި 50 މީހުންގެ ތެރެއިން އެކަކު އަދި 03 ޖޫން 2024 ގައި ފުރި ދެވަނަ ފްލައިޓުން އެކަކާއި އެކު ޖުމްލަ 2 މީހަކު ފުރައިފައިވާ ކަމަށެވެ.

ބާކީ ތިބި 48 ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މިއަދު ކަމަށްެވެސް އެވުޒަރާއިން ވަނީ ހާމަކޮށްފައެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top