Close

ދަށުކޯޓުތަކުގެ ފަނޑިޔާރުން ޝަރީޢަތުގެ މަޖިލިސްތަކުގައި ގައުން ލާންޖެހޭ ގޮތައް ހަމަޖައްސައިފި!

ދަށުކޯޓުތަކުގެ ފަނދިޔާރުން ޝަރީޢަތުގެ މަޖިލިސްތަކުގައި ގައުން ލާންޖެހޭ ގޮތައް ހަމަޖައްސައިފިއެވެ.

"ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ހެދުން އެޅުމުގެ އުސޫލު"ގެ ނަމުގައި ސުޕްރީމް ކޯޓުން ޢާއްމު ކޮށްފައިވާ އުސޫލުގައިވާގޮތުން އަންނަ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތް ކުރާއިރު ތިބެން ޖެހޭނީ ގައުނުގައިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން ފާސްކުރި މި އުސޫލު އާއްމުކުރާ ތާރީހުން ފެށިގެން އެންމެ ގިނަވެގެން 4 މަސްދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފަނޑިޔާރުންނަށް ގައުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް އެ އުސޫލުގައިވެއެވެ.

އަދި ކޮންމެ ދެ އަހަރުން އެއް އަހަރު ޑީޖޭއޭއިން ފަނޑިޔާރުންނަށް ގައުން ދޭންޖެހޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މިހާތަނަށް ޢަމަލު ކުރަމުން އައި ފަނޑިޔާރުން ޝަރީޢަތުގެ މަޖިލީހުގައި ހެދުން އަޅަމުން އައި ގޮތަށް ބަލާއިރު، ފަނޑިޔާރުންގެ ތެރެއިން ގައުން ލާންޖެހެނީ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުން އެކަންޏެވެ. އަދި ދަށު ކޯޓުތަކުގެ ފަނޑިޔާރުން މިހާރު ޝަރީއަތުގެ މަޖިލީހުގައި ތިބެން ޖެހެނީ ކަޅު ނުވަތަ ގަދަ ނޫކުލައިގެ ކޯޓު ފަޓުލޫނުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top