އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެއްވެވި ފަރިއްކޮޅެއްގައި ރައީސް ޑރ މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
އިންޑިޔާގެ ބޮޑުވަޒީރު ދެއްވެވި މި ފަރިއްކޮޅު އޮތީ އިންޑިޔާގެ ރިޔާސީ ގަނޑުވަރު ކަމަށްވާ ރާސްތުރަޕަތީ ބަވަންގައި އޮތް މި ފަރިއްކޮޅުގައެވެ. ރައީސް ޑރ.މުޢިއްޒުގެ އިތުރުންވެސް، އިންޑިޔާގެ ބޮޑުވަޒީރު މޯދީގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ޤައުމުތަކުގެ އެހެން އިއްޒަތްތެރިންވެސް ބައިވެރިވެވަޑައިގަތެވެ.
މިފަރިއްކޮޅުގެ ހަވާސާގެ ތެރެއިން ރައީސް ޑރ.މުޢިއްޒު އާއި ބޮޑުވަޒީރު މޯދީ ވަނީ ބައްދަލުކުރައްވައިފައެވެ.އަދި މިބައްދަލަކުރެއްވުމުގައި މުހިންމު ބައެއް ކަންކަމާއިމެދު މަޝްވަރާކުރައްވައިފައިވެއެވެ.
ރައީސް ޑރ.މުޢިއްޒު މިހާރު އިންޑިޔާ އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އިންޑިޔާގެ ބޮޑުވަޒީރު ކަމުގެ ތިން ވަނަ ދައުރަކަށް ި މޯދީ އިންތިޚާބުވެ އެނާގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅެކެވެ.
މިއީ ރައީސް ޑރ.މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން އިންޑިޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.






