Close

މަޖިލީހުގެ ދެވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 37 ބިލެއް!

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 37 ބިލެއް ހުށައަޅައިފިއެވެ.

މަޖިލީހުގެ ޤަވާއިދުގެ 82 ވަނަ މާއްދާގެ ރ ގައިވާ ގޮތުން މަޖިލީހުގެ ކޮންމެ ދައުރެއް ފެށުމާއެކު ސަރުކާރުގެ ފަރާތުން އެ ދައުރަކަށް ހުށަހަޅަން ހުރި ބިލުތަކުގެ ލިސްޓެއް ސަރުކާރުން މަޖިލީހުގެ ރައީސަށް ފޮނުވަންވާނެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ދައުރުގައި މަޖިލީހަށް 200 އަށްވުރެ ގިނަ ބިލު ހުށަހަޅަން ނިންމާފައި ވާއިރު އޭގެ ތެރެއިން މަޖިލީހަށް ސަރުކާރުގެ ފަރާތުން 37 ބިލެއް ހުށަހަޅާފައިވާކަން މަޖިލީހަށް އިއުލާނުކުރައްވާފައިވަނީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲއެވެ.

މަޖިލީހުގެ ދެވަނަ ދައުރަށް ސަރުކާރުން ހުށަހެޅި 37 ބިލުގެ ތެރެއިން 2 ބިލުގެ 2 ބިލުގެ ކިޔުން މިއަދުގެ މަޖިލީހުގައި ވަނީ ފައްޓަވައިފައެވެ. އެ ދެ ބިލަކީ ސިއްހީ ހިދުމަތް ދިނުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލާއި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top