Close

ޢީދު ބަންދާއި ދިމާކޮށް މޫސުން ގޯސް: މެޓްއޮފީސް

ކުރިއަށް އޮތް ޢީދު ބަންދާއި ދިމާކޮށް މޫސުން ގޯސް ވާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ، އީދު ބަންދުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަަމަށާއި ވައި ޖެހޭނީ ޢާއްމުގޮތެއްގައި 15 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށެވެ.

ހަމައެއާއިއެކު، ރާއްޖެ ހުރިހާ ހިސާބަކަށް ވެސް ކެރީގެ އަސަރު ފޯރާނެކަމަށްވެސް މެޓް އޮފީހުން ލަފާ ކުރެއެވެ.

އީދު ބަންދަކީ ރާއްޖެ ގެ އެކި ސަރަހައްދުތަކަށް ގިނަ ޢަދަދަކަށް މީހުން ދަތުރުކުރާ ދުވަސްވަރެކެވެ. މިފަހަރުގެ އަޟްހާ އީދު ބަންދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ މެޓްއޮފފީހުން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް އިލްތިމާސްކޮށްފައެވެ.

އީދު ބަންދާއި ގުޅިގެން އަންނަ ހަފްތާ އެއްކޮށް ބަންދުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ބަންދަށް ފަހު ސަރުކާރު ސްކޫލްތަކާއި އޮފީސްތައް ހުޅުވޭނީ ޖޫން 23 ގައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top