އެންމެ ބޮޑަށް ބައުވެ ހަލާކުވެފައިވާ ކައުންސިލް އިދާރާތަކުގެ އިމާރާތްތައް އައު ކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން މިއަހަރު ކައުންސިލް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ރަށް އިޢްލާނުކޮށްފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު އާދަމް ޝަރީފު އުމަރު ވަނީ ރައީސް މުޢިއްޒުގެ ވައުދުފުޅާައި އެއްގޮތަށް އަލަށް އަޅަން ނިންމާފައިވާ 50 ކައުންސިލްގެ އައު އިމާރާތް އަޅާނެ ރަށްތައް އިއުލާން ކުރައްޗވާފައެވެ.
ކައުންސިލު އިދާރާ ޢިމާރާތްކުރާ ރަށްތައް:
ހއ. އަތޮޅު: ވަށަފަރު، ދިއްދޫ، އިހަވަންދޫ
ހދ. އަތޮޅު: ކުމުންދޫ، ނޭކުރެންދޫ، ވައިކަރަދޫ
ށ. އަތޮޅު: ކޮމަންޑޫ، ފޭދޫ، ގޮއިދޫ، ނަރުދޫ
ނ. އަތޮޅު: ހެނބަދޫ، ޅޮހި، ފޮއްދޫ، މަނަދޫ، މަގޫދޫ، ލަންދޫ
ރ. އަތޮޅު: ވާދޫ، ހުޅުދުއްފާރު
ބ. އަތޮޅު: ކަމަދޫ، ކުޑަރިކިލު، ފެހެންދޫ، އޭދަފުށި، ތުޅާދޫ، ކިހާދޫ
ޅ. އަތޮޅު: ކުރެންދޫ
ކ. އަތޮޅު: ހިންމަފުށި، ކާށިދޫ، ގުރައިދޫ، ތުލުސްދޫ، ގާފަރު
އދ. އަތޮޅު: ކުނބުރުދޫ، މަހިބަދޫ، ފެންފުށި
މ. އަތޮޅު: މުލި، ދިއްގަރު، މުލައް
ފ. އަތޮޅު: ފީއަލި
ދ. އަޮތޮޅު: ހުޅުދެލި، ބަނޑިދޫ
ތ. އަތޮޅު: އޮމަދޫ، ގާދިއްފުށި، ބުރުނީ، ގުރައިދޫ، ވޭމަންޑޫ
ލ. އަތޮޅު: މާބައިދޫ، ކުނަހަންދޫ، މާވަށް
ގއ. އަތޮޅު: މާމެންދޫ، ނިލަންދޫ
ގދ. އަތޮޅު: މަޑަވެލި
ވަޒީރު ވިދާޅުވީ މި ޕްރޮޖެކްޓް ހިންގުމަށް އެންމެ އެކަށީގެންވާ ރަށްތައް ކަނޑައެޅުމުގައި ވަރަށް ތަފްސީލުކޮށް މަޢުލޫމާތު ނަގާ، ބަލާފައިވާނެކަމަށެވެ.
އެގޮތުން ބެލި ބެލުމުން އާ އިމާރާތް އެޅުމަށް ކޮންމެހެން ބޭނުންޖެހިފައިވާ 102 ރަށް ފާހަގަކުރެވިފައިވާއިރު، މިއަހަރު އަޅާ 50 އިމާރާތް ކަނޑައަޅާފައިވަނީ، އިމާރާތުގެ ޙާލަތު އެންމެ ދަށްކޮށް ހުރި ރަށްތައް ބެލުމަށްފަހުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަދި އެ 50 ރަށުގެ އިމާރާތުގެ ހާލަތު ވަޒަން ކުރިއިރު، އިމާރާތަށް ވީ މުއްދަތާ، މަރާމާތުކުރަންޖެހޭ މިންވަރާ، ޖާގައާއި އަދި ސްޓޯރޫމާއި، ފާޚަނަ އަދި ނަމާދު ކޮޓަރ ފަދަ ޖާގަތައް ހުރި މިންވަރާ،ރަށު އޮފީހުގެ އިމާރާތުގައި ޕޮލިސް ޑެސްކާއި ކޯޓުގެ ޚިދުމަތް ޤާއިމުކޮށްފައިވޭތޯ ވަނީ ބަލާފައިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.






