Close

ރައީސް ޑރ މުއިއްޒު ޙައްޖު ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި!

ރައީސް ޑރ މުޙައްމަދު މުޢިއްޒު ޙައްޖު ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

މި ބަރަކާތްތެރި ދުވަހުގެ ތަހުނިޔާ ރައީސް ޑރ.މުޢިއްޒު ފޮނުއްވީ އެމަނިކުފާނު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓްގައި ރައީސް ޑރ.މުޢިއްޒު ވަނީ ހައްޖު ދުވަހަކީ އަހަރުގެ އެންމެ ބަރަކާތްތެރި އެއް ދުވަސްކަން ފާހަގަކުރައްވާފައެވެ. އަދި މާތް ﷲ ގެ ރުއްސެވުމާއި، ފުއްސެވުމާއި، މަދަދުން ފުރިގެންވާ މިދުވަހުގެ ބާއްޖަވެރިކަން ދިވެހި ލޮބުވެތި ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތަށް މިންވަރު ކުރެއްވުމަށް އެދިވަޑައިގެން ރައީސް ޑރ.މުޢިއްޒު ވަނީ ދުޢާ ދަންނަވާފައެވެ.

ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަހަކީ އެތައް ގޮތަކުން ބަރަކާތްތެރި ދުވަހަކަށް ވާއިރު، އެއީ އެތައް މިލިއަން މުސްލިމުން މާތްވެގެންވާ އަރަފާތު ބިމުގައި ހޭދަ ކުރާ ދުވަހެވެ.

ހަމައެއާއިއެކު، މި ދުވަހަކީ މާތް ﷲ ގެ އަޅުތަކުންގެ ތެރެއިން ގިނަ ބަޔަކު ނަރަކައިން މުއްތިކުރައްވާ ދުވަހަށް ވުމާއިއެކު، އެއީ މާތް ﷲ ގެ ދީން ފުރިހަމަކުރެއްވިކަން ޢިއުލާންކުރެއްވި، އަދި މުޅި އިސްލާމީ އުންމަތަށް ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ވަސިއްޔަތްޕުޅު އިއްވި ދުވަސްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top