Close

މެރިން ރިސާޗް ސެންޓަރަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ޝަކީލް ނިޔާވެއްޖެ

މޯލްޑިވްސް މެރިން ރިސާޗް އިންސްޓްޓިއުޓް (އެމްއެމްއާރްއައި) އަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ހަސަން ޝަކީލް ނިޔާވެއްޖެ އެވެ.

އެމްއެމްއާރްއައިގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަކީލް ނިޔާވިއިރު އުމުރަކީ 64 އަހަރެވެ.

އޭނާ ނިޔާވުމާ ގުޅިގެން ތައުޒިޔާ ފޮނުވައި އެމްއެމްއާރްއައި އިން ބުނީ ޝަކީލަކީ މެރިކަލްޗާ ރިސާޗް ކުރިއެރުވުމުގައި އިސް ދައުރެއް އަދާކުރައްވައިވާ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ތަރިކައެއް ކަމަށެވެ.

އެމްއެމްއާރްއައިން ޝަކީލް ސިފަކުރައްވާފައިވަނީ އެ ދާއިރާގެ މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އެ އިންސްޓިޓިއުޓްގެ ގިނަ މުވައްޒަފުންނަށް މެންޓާއެއްގެ އިތުރުން ބައްޕައެއްގެ ރޯލު އަދާކުރަމުން ދިޔަ ބޭފުޅެއްގެ ގޮތުގަ އެވެ.

ޝަކީލްގެ ވަކިވުމަކީ އެމްއެމްއާރްއައި އާއި މުޅި މެރިކަލްޗާ ރިސާޗަށް ލިބުނު ގެއްލުމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

ޝަކީލްގެ ކަށު ނަމާދު އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top