ޔޫއޭއީގައި ބާއްވާ "ވޯލްޑް ގަވާމަންޓް ސަމިޓް 2025"ގައި ބައިވެރިވެވަަޑައިގަތުމަށްޓަކައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެ ގައުމަށް ފުރާވަޑައިގެންފި އެވެ.
މިއީ ސަރަހައްދީ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ވަކި ވަކި ފަރުދުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތައް ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ ސަމިޓެކެވެ.
މި މަހުގެ 11 އިން 13 އަށް ބާއްވަން ހަމަޖެހިފައިވާ އެ ސަމިޓުގައި މޫސުމީ ބަދަލުތަކާއި ބެހޭ ފޯރަމްގައި ނާއިބު ތަގުރީރުކުރައްވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި އަހަރުގެ ސަމިޓްގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅައިފައިވަނީ "ޝޭޕިން ފިއުޗާ ގަވަމަންޓްސް" އެވެ.
މިިދިޔަ އަހަރު ބޭއްވި ވޯލްޑް ގަވާމަންޓް ސަމިޓްގައި ރަޢީސް ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެލެއްވި އެވެ. އެ ސަމިޓުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ކުރިމަގުގެ ތަސައްވުރާއި، އެ ތަސައްވުރުގައި ދެމެހެއްޓެނިވި ތަރައްގީގެ ދައުރާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.






