Close

ސިޔާސީ 5 ޕާޓީއަކަށް ދައުލަތުން ދޭ ފައިސާ ޖަމާކުރަން ފޮނުވައިފި

ފޮޓޯ: މިހާރު

ސިޔާސީ ޕާޓީތަކުގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަވާ 5 ޕާޓީއަކަށް ދޫކުރަންޖެހޭ ފައިސާ ޖަމާކޮށްދިނުމަށް ބޭންކަށް ފޮނުވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، މިއަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ތިބި ސިޔާސީ ޕާޓީތަކަށް، މިއަހަރުގެ ބަޖެޓުގެ އާމްދަނީން ދޫކުރަންޖެހޭ ފައިސާ ޖަމާކުރުމަށް ވަނީ ބޭންކްތަކަށް ފޮނުވާފައެވެ. މި ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށެވެ. އަދި ދެވަނައަށް އެންމެ ގިނައިން ފައިސާ ލިބެނީ އިދިކޮޅު ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ޕާޓީތަކަށް ދޫކުރެވޭ ފައިސާއަކީ ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓަށްވާ މިންވަރެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، 2024 ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10,000 މެންބަރުން ހަމަވާ ސިޔާސީ 5 ޕާޓީއަށް، އެޕާޓީއެއްގައި މެންބަރުން ތިބި ނިސްބަތުން، ބޮލަކަށް 193.23 ރުފިޔާގެ މަގުން ފައިސާ ދޫކުރާނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާ ގޮތުގައި، މިއަހަރުގެ ޖޫން 30 ގެ ނިޔަލަށް އެންމެ ގިނަ މެންބަރުން ތިބީ ޕީއެންސީގައެވެ. އެ ޕާޓީގައި 68,665 މެންބަރުން ތިބިއިރު، އެމްޑީޕީގައި 43,765 މެންބަރުން، ޖުމްހޫރީ ޕާޓީގައި 13,456 މެންބަރުން އަދި އަދާލަތު ޕާޓީގައި 8,844 މެންބަރުން ތިބިކަން ތަފާސްހިސާބުތަކުން ދައްކައެވެ.

އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ 9 ސިޔާސީ ޕާޓީގެ ތެރެއިން، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެއީ ޤާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top