ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިތުރު ދެ މިސްކިތް އެޅުމަށްޓަކައި ބޭނުންވާ ބިން މިއަދު ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ހަވާލުކޮށްފައެވެ.
މިކަމަށްޓަކައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރެވެ. އަދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
ޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލަށް ދެ މިސްކިތް އިމާރާތްކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީއަށް ބިން ދޫކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެވިއްޖެއެވެ. މިކަމަށްޓަކައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރެވެ. އަދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރެވުނު ދެ ބިމުގެ ތެރެއިން ލޮޓް 22221 އަކީ 27،920 އަކަފޫޓުގެ ބިމެއް ކަމަށާއި، ލޮޓް 22242 އަކީ 20،720 އަކަފޫޓުގެ ބިމެކެވެ. މި ދެ މިސްކިތުގައިވެސް އެއްފަހަރާ 2000-3000 މީހުންނަށް އަޅުކަން ކުރެވޭނެ ޖާގަ ހުންނާނެކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.
މީގެ ކުރިން، މިއަހަރުގެ އޭޕްރީލް މަހު ވެސް ހުޅުމާލެ ފޭސް 2 ގައި އިތުރު މިސްކިތެއް އެޅުމަށް އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ. އެ މިސްކިތް އިމާރާތްކުރުމަށް ކަނޑައެޅިފައިވަނީ 18،720 އަކަފޫޓުގެ ބިމެއްގައި ކަމަށާއި، އެއްފަހަރާ 2،500-3،000 މީހުންނަށް އަޅުކަން ކުރެވޭނެ ގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. އެ މިސްކިތުގެ މަސައްކަތް 24 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދިނުމަށް ކްލާސްރޫމްތަކާއި ލައިބްރަރީގެ އިތުރުން، ސޯލާ ޕެނަލްތަކާއި އެއަރކޮންޑިޝަނިންގ ސިސްޓަމްތައް ހިމެނޭނެއެވެ.
ހުޅުމާލޭގެ އާބާދީ އިތުރުވަމުން ދިއުމާއެކު، އަޅުކަން ކުރުމުގެ ވަސީލަތްތައް އިތުރުކުރުމަކީ ސަރުކާރުގެ އިސް އަމާޒެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި މިސްކިތްތައް ބިނާކުރެވުމުން ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.






