Close

އައްޑޫ އާއި ފުވައްމުލައް ބަޔޯސްފިއަރ ރިޒާވް ލޯގޯ ޑިޒައިން ކުުރުމުގެ ފުރުޞަަަތު

 

އައްޑޫ އަދި ފުވައްމުލައް ސިޓީ ކައުންސިލްއާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ފަރާތުން، އައްޑޫ އަދި ފުވައްމުލައް ބަޔޯސްފިއަރ ރިޒާވް ލޯގޯ ޑިޒައިން ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ، ބީލަން ހުށަހަޅާނީ 11 މާރިޗު ވާ ބުރާސްފަތި ދުވަހު 11:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ރިސެޕްޝަނަށް ކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ،  ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 11  މާރިޗު ވާ ބުރާސްފަތި ދުވަހު 11:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި ކަމަށެވެ.

މި މަސައްކަތުގެ މަޢުލޫމާތު ކަރުދާސް  މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top