މޯލްޑިވިއަންގެ ވެބްސައިޓާއި އެޕްލިކޭޝަނުން ޓިކެޓް ގަންނަ ފަރާތްތަކަށް ހިލޭ ޓިކެޓް ލިބޭ ޕްރޮމޯޝަނެއް މޯލްޑިވިއަނުން ފަށައިފިއެވެ.
މޯލްޑިވިއަނުން މިއަދު ކުރި ޓުވީޓޭއްގައި ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ 1 މާރޗްއިން 27 މާރޗްގެ ނިޔަލަށްކަމަށެވެ. ޕްރޮމޯޝަންގައި މޯލްޑިވިއަންގެ ވެބްސައިޓާއި، އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ގަންނަ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެކަމަށެ އެވެ.
ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި 1 ފަރާތް ހޮވައި، އެފަރާތަކަށް ހިލޭ ޓިކެޓެއް ލިބިގެންދާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ. ހިލޭ ލިބޭ ޓިކެޓްގައި ރާއްޖޭގެ ކޮންމެ މަންޒިލަކަށްވެސް ދަތުރުކުރެވޭނެކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި މި ޓިކެޓް މާރޗްމަހުގެ 31 ވަނަ ދުވަހުގެ ކުރިން ބޭނުން ކުރެވޭނެކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ވެބްސައިޓާ އެޕުން ޓިކެޓް ބައްލަވައިގަނެގެން ހިލޭ ޓިކެޓެއް!
ކޮންމެ ހަފްތާއަކު ޓިކެޓެއް 01 މާރިޗު - 27 މާރިޗަށް pic.twitter.com/UKmnAsp0EL— MaldivianAero (@MaldivianAero) February 28, 2021
ކޯވިޑް19ގެ ހާލަތުގައި މޯލްޑިވިއަންގެ ޓިކެޓް އޮފީހަށް އައުމުގެ ބަދަލުގައި އޮންލައިންކޮށް ޓިކެޓް ގަތުމަށް މީގެ ކުރިންވެސް މޯލްޑިވިއަނުން ވަނީ ކަސްޓަމަރުންނަށް ބާރުއަޅާފައެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަނުން އަންނަނީ ރާއްޖޭގެ 16 ސަރަހައްދަކަށް އެ އެއަރލައިންގެ ދަތުރުތައް ބާއްވަމުންނެވެ. އަދި ރާއްޖެއިން ބޭރުގެ ބައެއް މަންޒިލްތަކަށްވެސް މޯލްޑިވިއަނުން އަންނަނީ ދަތުރުކުރަމުންނެވެ.






