Close

ކޮމިއުނިކޭޝަން މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން ފައްޔާޟް އިސްމާއިލް އަށް

މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޯލޮޖީ ވަގުތީގޮތުން ހިންގެވުމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާއި ރައީސުލްޖުމްހޫރިއްޔާ، ހަވާލުކުރައްވައިފި އެވެ.

ރައީސް މި ބަދަލު ގެންނަވާފައި ވަނީ 2021 މާރިޗު 1 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ މަޤާމުގައި ހުންނެވި އަލްފާޟިލް މުޙައްމަދު މަލީޙް ޖަމާލްގެ އިތުބާރުނެތްކަމަށް ފާސްކުރައްވާފައިވާތީ، ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ މަޤާމުން މުޙައްމަދު މަލީޙް ޖަމާލް މިއަދު ވަކިފެފައިވާތީއެވެ.

މަލީހްގެ އިތުބާރުނެތް ކަމަށް ފާސްކުރީ 59 މެންބަރުންގެ ވޯޓުންނެވެ. މަލީޙަށް އިތުބާރު އޮތްކަމަށް އެއް މެންބަރަކު ވޯޓުދެއްވިއިރު، ވަކި ގޮތަކަށް ފެންނަކަމަށް ވޯޓު ނުދެއްވާ 4 މެންބަރަކު ތިއްބެވިއެވެ.

މަލީޙްގެ އިތުބާރުގެ މައްސަލާގައި އޭނާ ވަކިކުރަން އެމްޑީޕީން ތްރީލައިން ''ގްރީން'' ވިޕެއް ނެރެފައިވާއިރު، އެ މައްސަލަ ވެއްދީ ވެސް އެ ގްރޫޕުންނެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top