Close

އުރީދޫ އިން ހިއްސާއަކަށް 2.34 ރުފިޔާ

އުރީދޫ މޯލްޑިވްސް އިން މިރޭ ބޭއްވި މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަަކަށް 2.34ރ. ބަހަން ފާސްކޮށްފިއެވެ.

މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ "ފަހިވޯޓް" އެޕްލިކޭޝަން މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ޕްރޮކްސީ އާއެކު 44 ހިއްސާދާރުން ބައިވެރިވިއެވެ. މީގެ ތެރެއިން 34 ހިއްސާދާރުން ވަނީ ހިއްސާއަކަށް 2.34ރ. ބަހަން ފެންނަ ކަމަށް ވޯޓު ދީފައެވެ.

މިރޭގެ ޖަލްސާގައި 1.34 މިލިއަނަށް ވުރެ ގިނަ ހިއްސާ ތަމްސީލް ކުރާ ހިއްސާދާރުން ބައިވެރިވިއެވެ.

އުރީދޫއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 407 މިލިއަން ރުފިޔާ ލިބިފައިވާއިރު ހިއްސާގެ ފައިދާގެ ގޮތުައި ފައިދާގެ 85 އިންސައްތަ ބަހަން ވަނީ ހުށަހަޅައިފައެވެ.

އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާން ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އެ ކުންފުނިތަކާ އެއްގޮތަށް އެ ކުންފުންޏަށް ވެސް ގޮންޖެހުންތަކާ ދިމާވި ކަމަށެވެ. ނަމަވެސް އެ ކުންފުނިން މިދިޔަ އަހަރު ދެއްކީ ނަމޫނާއެއް ކަމަށާއި ފައިދާ ދަށްވި ނަމަވެސް ކުންފުންޏަށް ގެއްލުން ނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ނަޖީބު ވިދާޅުވިގޮތުގައި 2019 ވަނަ އހަރާ އަޅާ ބަލާއިރު އެ ކުންފުނީގެ ފައިދާ ވަނީ 15 އިންސައްތަ ދަށްވެފައެވެ.

އުރީދޫއިން ވަނީ މި އަހަރު އެ ކުންފުނި އޮޑިޓް ކުރާނެ ކުންފުންޏެއްވެސް މިރޭގެ ޖަލްސާގައި ފާސްކޮށްފައެވެ. އެގޮތުން، 59،600 ޑޮލަރުގެ އުޖޫރައަކަށް ވޯޓާ ހައުސް ކޫޕާސް ވަނީ އޮޑިޓަރެއްގެ ގޮތުގައި ފާސްކޮށްފައެވެ.

އުރީދޫގެ ހިއްސާ ބެހިފައިވަނީ ތިން ބަޔަކަށެވެ. އެއީ ވަތަނިއްޔާ ޓެލްކޮމް މޯލްޑިވްސްގެ 90.5 އިންސައްތަ ހިއްސާއާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ 5.64 އިންސައްތަ ހިއްސާ އަދި އާއްމުންގެ 3.86 އިންސައްތަ ހިއްސާއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top