Close

ގއ.ދެއްވަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަން އިއުލާންކޮށްފި

ގއ.ދެއްވަދޫ 
ގއ.ދެއްވަދޫ 

ގއ. ދެއްވަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަން ޔޫތު މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނީ އޭޕްރީލް މަހުގެ 08 ވަނަ ދުވަހު 12:30 އަށް ޔޫތު މިނިސްޓްރީއަށް ކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ މިޕްރޮޖެކްޓަށް ކަނޑައެޅިފައިވާ ބިމަކީ ރަށުގެ ފުޓުބޯޅަ ދަނޑުގެ ސަރަހައްދު ކަމަށެވެ. މި ޕްރޮޖެކްޓްގައި ކުރެހުމާއި އެއްގޮތަށް ސަބްބޭސް ކަމުގައި ކަނޑައަޅާފައިވާ ސަރަހައްދުގެ ފަސްގަނޑުގެ މިނަށް ޓޮޕް ލޭޔަރ ނަގައި ބެކްފިލްކުރަން ޖެހޭނެއެވެ. އޭގެެ އިތުރުން ކާނު އެތުރުމަށް ބޭނުންވާ ޓްރެންޗް (ކާނު އެތުރުމަށް ކޮންނަ ވަޅުގަނޑު) ކޮމްޕެކްޓް ކުރުމާއި ލެވެލް ކުރުން އެއީ ވެސް ކުރަން ޖެހޭނެ ކަމަށެވެ. އަދި ކުރެހުމާއި އެއްގޮތަށް ދަނޑުގެ ކާނު އަތުރައި ލެވެލް ކުރަން ޖެހޭނެއެވެ.

އެއްގޮތަށް ދަނޑުގެ ކާނުން ފެންހިދުމަށް ސޯކްޕިޓް އެތުރުމާއި ލެވެލް ކުރުން އަދި ޕޭވްމަންޓްގެ ބޭރު ފަރާތުންނާއި އެތެރެފަރާތުން ކާރބްސްޓޯންޖަހާ ކޮމްޕެކްޓްކުރުމަށްފަހު ގައު އެތުރުން ނޫނީ ސްކްރީޑް އެޅުން އެއީ ވެސް ކުރަން ޖެހޭނެ ކަމަށެވެ.

ދަނޑުގެ ކާޕެޓް އަޅާ ސަރަހައްދު ކޮމްޕެކްޓް ކުރުމަށްފަހު އަލުން ވެލި އަޅާ، ފަސްގަނޑު ލެވެލް ކުރުމަށްފަހު ރަނގަޅަށް ހަރުކުރުން އެއީ ޕްރޮޖެކްޓްގެ އެންމެ މުހިއްމު ބައެވެ. ކުރެހުމުގެ ދީފައިވާ ތަފްސީލާއި އެއްގޮތްވާގޮތުގެ މަތިން ސްލޯޕް ނެގުން އެއީ ވެސް ކުރަން ޖެހޭނެ ކަމެކެވެ.

ސަބް ބޭސްގެ މަސައްކަތް ކުރުމުގައި އިތުރަށް ފަސް ބޭނުންވެއްޖެ ނަމަ ރަށުގެ އެއްގަމު ސަރަޙައްދުން ކައުންސިލުން ދައްކާ ބިމަކުން ފަސް ގެނައުމަކީ ވެސް ޕްރޮޖެކްޓް ނަގާ ފަރާތުގެ ޒިންމާއެކެވެ.

މަސައްކަތް ނިންމުމަށް ފަހު މަސައްކަތާއި ގުޅޭ ސާރވޭ އެއް ހުށައަޅަން ޖެހޭނެއެވެ. އެ ސާރވޭގައި (މިން، އޭންގަލް އިންގޭގޮތައް، ސްލޯޕްގެ ލެވަލް އިން އިނގޭގޮތައް) ލިޔުންތައް ހުންނަން ޖެހޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top