Close

ފުވައްމުލަކު ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 70 އަށް!

ފުވައްމުލަކު ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 70 އަށް އަރައިފި އެވެ.

މިގޮތުން ފުވައްމުލަކު ސިޓީން އިތުރު ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުވައްމުލަށް ހޮސްޕިޓަލުން މިއަދު ހާމަކުރެއްވި އެވެ.

ފުވައްމުލަށް ހޮސްޕިޓަލުން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެ ރަށުން ވަނީ 25 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއާއެކު އެ ރަށުގެ އެކްޓިވް ކޭސްގެ އަދަދު ވަނީ 70 އަށް އަރާފައެވެ.

އެސިޓީގެ ޕޮޒިޓިވް ކޭސްތަކުގެ ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދަކީ 102 އެވެ. އިއްޔެ އެ ރަށުން ވަނީ 51 ސާމްޕަލެއް ނަގާފައެވެ.

މި މަހުގެ ހަވަނަ ދުވަހު ފުވައްމުލަކު ފުލޫ ކްލިނިކަށް ދެއްކި ދެ މީހަކު ޕޮޒިޓިވްވެ އެ ރަށް ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ.

މިއާއިއެކު އެޗްޕީއޭ އިން ވަނީ ފުވައްމުލަކުގައި ހާއްސަ ފިޔަވަޅުތަކެއަޅައި ހަތް ދުވަހުގެ މުއްދަތަށް ހަވީރު 6 އިން ފަތިހު 4 އަށް އެ ރަށުގައި ކާފިއު ހިންގާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top