Close

ރައީސް ނަޝީދު ޖަރުމަނަށް ފުރާވަޑައިގެންފި

ހަށިކޮޅަށް އަމާޒުކޮށް ދިން ހަމާލާއަކާއި ގުޅިގެން ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިތުރު ފަރުވާއަށް މިއަދު ޖަރުމަނަށް ފުރާވަޑައިގެންފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން ޑިސްޗާޖު ކުރުމާއެކު ފުރާ ވަޑައިގަތުމަށް އެމަނިކުފާނު އެއާޕޯޓަށް ގެންގޮސްފައި ވަނީ ހައި ސެކިއުރިޓީ އަކާއި އެކީ އެވެ. އަދި ބުރިޖް ކައިރިން ކަނޑުމަތީގައިވެސް ކޯސްޓް ކާޑުގެ އުޅަނދުތައް ގެންދިޔައީ ފޯރި މަރަމުންނެވެ.

ރައީސް ނަޝީދުގެ އިންނެވި އެމްބިއުލަންސާ އެކު އެމަނިކުފާނުގެ މޮޓޯކޭޑްގައި ގިނަ އަދަދެއްގެ ސެކިއުރިޓީ އުޅަނދުތައް ހިމެނެ އެވެ. އެގޮތުން ސިގްނަލް ޖޭމަރާއި އިތުރު އެމްބިއުލަންސަކާއި ގިނަ އަދަދެއްގެ ހަށިފާރަވެރިން ތިބި ވެހިކަލްތައް ވެސް މޮޓޯކޭޑުގައި ހިމެނެ އެވެ.

މެއި ހަވަނަ ދުވަހުގެ ރޭގެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދަށް ގިނަ ޒަހަމުތަކެއް ލިބިވަޑައިގެންފައި ވެއެވެ. ހަތަރު ސާޖަރީއެއް ހައްދަވަން ޖެހިވަޑައިގަތެވެ. ޑޮކްޓަރުން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ފުރާނަފުޅަށް ހަމަލާގެ ސަބަބުން ވަރަށް ބޮޑަށް ނުރައްކާވި އެވެ. ފުރާނަފުޅު ސަލާމަތްވީ ކިރިއާ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ބޮމުގެ ހަމަލާ އާއި ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފަ ވެއެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ) އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. އެ މީހުން މިވަގުތު ތިބީ 15 ދުވަހުގެ ބަންދެއްގަ އެވެ

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top