އައްޑޫ ސިޓީއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 98 އަށް އަރައިފިއެވެ.
އައްޑޫ ހޮސްޕިޓަލުން ބުނިގޮތުގައި މިއަދު ހަވީރު 6 ޖެހުމާއި ހަމައަށް ހުޅުދޫން 11 ކޭސް، މީދޫން ދެ ކޭސް، ހިތަދޫން އެއް ކޭސް އަދި ފޭދޫން އެއް ކޭސް ފެނިފައި، އަލަށް 15 މީހަކު ޕޮޒިތިވްވިއެވެ.
މިވަގުތު ހިތަދޫގައި ކޮވިޑްގެ އެކްޓިވް 27 ކޭސް އެބަތިއްބެވެ. ފޭދޫގައި 6 ކޭސް، ހުޅުދޫގައި 52 ކޭސް އަދި މީދޫގައި 11 ކޭސް އެބަތިއްބެވެ.
ކޮވިޑް ކޭސްތައް ފެންނަމުންދާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން ވަނީ 7 ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީގަ އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
އެގޮތުން ހަވީރު 6 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުތުން މަނާކޮށްފައެވެ.







