Close

އައްޑޫގެ ހުރިހާ މިސްކިތެއްގައި ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓާލަން އަންގައިފި

އައްޑޫ ސިޓީގެ މިސްކިތެއް- ފޮޓޯ: ޕީއެސްއެމް
އައްޑޫ ސިޓީގެ މިސްކިތެއް- ފޮޓޯ: ޕީއެސްއެމް

އައްޑޫ ސިޓީގެ ހުރިހާ މިސްކިތެއްގައި ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގައިފިއެވެ.

ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓާލަން އަންގަވާފައިވަނީ ރޭ ފަތިސް ނަމާދުން ފެށިގެންނެވެ.

އައްޑޫން މިހާތަނަށް 97 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައި ވަނީ ހުޅުދޫންނެވެ. އެރަށުން ވަނީ 52 މީހުން ފައްސިވެފައެވެ. ދެން އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ ހިތަދޫންނެވެ. ހިތަދޫން މިހާތަނަށް 27 މީހަކު ވަނީ ފައްސިވެފައެވެ. މީދޫއިން 11 މީހުން، ފޭދޫއިން ހަމީހުން މަރަދޫފޭދޫއިން އަދި ރިސޯޓަކުން އެކަކު ވަނީ ފައްސިވެފައެވެ.

ކޮވިޑް ކޭސްތައް ފެންނަމުންދާތީ އެޗްޕީއޭ އިން ވަނީ ހަތް ދުވަހުގެ މުއްދަތަށް އައްޑޫގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައެވެ. ހަވީރު 6 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުތުން މިހާރު ވަނީ މަނާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top