ދެކުނުގެ 7 ރަށެއްގައި އައުޓްޑޯރ ވޮލީކޯޓް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިޢުލާން ކޮށްފި އެވެ.
އެގޮތުން ވޮލީކޯޓް އެޅުމަށް ހުޅުވާލާފައިވާ ދެކުނުގެ ރަށްތަކަކީ ލ. ފޮނަދޫ، ގއ. ވިލިނގިލި، ގއ. ނިލަންދޫ، ގއ. ދާންދޫ، ގއ. ކޮލަމާފުށި، ޏ. ފުވައްމުލައް އަދި ސ. ފޭދޫ އެވެ.
އެމިނިސްޓްރީއިން ކުރި އިޢުލާނުގައި ވަނީ ޖުމްލަ 25 ރަށެއް ހިމަނާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހދ. ފިނޭ، ހދ. ކުޅުދުއްފުށި ސިޓީ، ހދ. ކުމުންދޫ، ހދ. ނޭކުރެންދޫ، ށ. ފުނަދޫ އާއި ށ. މިލަންދޫ، ބ. ކެންދޫ ، ބ. ގޮއިދޫ، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ވ. ފެލިދޫ، ވ. ފުލިދޫ، ވ. ކެޔޮދޫ، މ. ދިއްގަރު، ފ. މަގޫދޫ، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ތ. މަޑިފުށި،
މި މަސައްކަތާއި ގުޅޭ މައުލޫމާތު އެއިޢުލާނާއެކު ވަނީ ގެޒެޓް ކުރެވިފައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މެއި މަހުގެ 23 ވަނަ ދުވަހުގެ 13:30 ގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގައެވެ.






