Close

ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް އަނިޔާވެއްޖެ

ގދ. ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް އަނިޔާވެއްޖެ އެވެ.

އަނިޔާވި މީހުންނަށް އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައިވަނީ ފަރުވާ ދީފަ އެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ވަނީ އެކްސިޑެންޓުގައި ލިބުނު ށޮކެއްގެ ސަބުން ސީރިއަށް ވެފަކަމަށް އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފައިވެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހާލު ސީރިއަސް ވެފައި ވަނީ ކާރު ދުއްވަންއިން  ޒުވާނާއެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވެފައިވާ ސަބަބަކަށް ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުވެ އެރަށު އުތުރު ފަރާތު ހިއްކި ސަރަހައްދުގެ ރިވެޓްމެންޓް ހިލަތައް މަތިން މޫދަށް ވެއްޓިގެންނެވެ.

އެކްސިޑެންޓްްވި ކާރު މިހާރުވަނީ ކެރޭނެއް ބޭނުން ކޮށްގެން މޫދުން ނަގާފަ އެވެ. މި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top