ކޮވިޑް-19 އާ ގުޅިގެން ހާލަތު ގޯސްވެފައިވާ ގއ. ގެމަނަފުށީގެ ރައްޔިތުންނަށް ގއ. ކޮނޑޭގެ ރައްޔިތުންގެ ފަރާތުން އެރަށަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ކޮނޑޭ ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއިން އިސްނަގައިގެން ފޮނުވި އެހީތައް އިއްޔެ ވަނީ ގެމެނަފުއްޓަށް ގެންގޮސްފައި އެވެ.
އެގޮތުން ކޮނޑޭ ރައްޔިތުންގެ ފަރާތުން ގެމަނަފުށްޓައް ވަނީ 500 އަށް ވުރެ ގިނަ ކުރުނބާ ހަދިޔާކޮއްފަ އެވެ.
ކޮނޑޭއިން ގެމަނަފުށްޓައް ފޮނުވި އެހީގެ ތަކެތި އެރަށަށް ގެންގޮސްފައިވަނީ އެމްޓީސީސީ އަތޮޅު ފެރީގެ އެހީތެރިކަމާއި އެކުގައި އެވެ.
ގެމަނަފުށިން 80 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މިވަގުތު ގިނަ ބަޔަކު ބަލިން ފަސޭހަވި ނަމަވެސް 53 މީހަކު އަދިވެސް ދަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ.






