Close

ތިނަދޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާ ފިޔަވަޅުތައް ވަރުގަދަކޮށްފި

ކޮވިޑް19 ހާލަތު ގޯސްވެފައިވާ ގދ. ތިނަދޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމުގެ އިތުރުން އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.

ތިނަދޫ ކައުންސިލުން ނެރުނު އިއުލާނެއްްގައި ބުނެފައިވަނީ ތިނަދޫގައި ހަލުވިކަމާއިއެކު ކޮވިޑް 19 ފެތުރެމުންދާތީ ޖޫން 6 ވަނަ ދުވަހުގެ އިޝާ ނިމާދުން ފެށިގެން 13 ޖޫން ގެ އިޝާ ނަމާދުގެ ނިޔަލަށް މިސްކިތްތަކުގައި ވަގުތީގޮތުން ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމާއި މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އަދި މި އިއުލާނުގައި ވާގޮތުން ތިނަދޫން ކޮވިޑް-19 އަށް ބަޔަކު ފައްސިވެ، ފައްސިވާމީހުންގެ ޢަދަދު އިތުރުވަމުންދާތީ ތިނަދޫ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޤާނޫނު ނަންބަރ 7/2010 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ބ) (އ) އާއި، ޤާނޫނު ނަންބަރ 2012 /7 ( ޢާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ށ) (ނ) އިން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން،  އިތުރު ފިޔަވަޅުތައް އެޅުމަށް ތިނަދޫ އީ.އޯ.ސީން ވަނީ ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި:

  • މަސްވެރިކަމުގައި ޙަރަކާތްތެރިވާ ކުދި އަދި ބޮޑު ދޯނިފަހަރުތައް މަހަށް ފުރުމުގެ ކުރިން ކައުންސިލުން ޙާއްސަ ހުއްދައެއް ނެގުން.
  • ސިނާއީ މަސައްކަތްކުރާ ސައިޓްތަކުގެ މަސައްކަތްތައް 07 ޖޫން 2021 އިން ފެށިގެން 1 ހަފްތާއަށް މަޑުޖައްސާލުން.
  • ފަރު މަސްވެރިކަމަށް ހުއްދަ ދެވޭނީ ކައުންސިލުން ދޫކުރާ ހާއްސަ ހުއްދައެއްގެ ދަށުން އުޅަނދަކަށް އެންމެ ގިންވެގެން 03 ފަރާތަކަށް.
  • ފިހާރަތަކުން ޙިދުމަތް ދިނުމާއި ގުޅޭގޮތުން އީއޯސީ އިން ކަނޑައަޅާފައި އުޞޫލާއި އެއްގޮތަށް އަމަލްކުރޭތޯ މޮނިޓަރ ކޮށް ބެލުން. އަދި އެ އުޞޫލާއި ޚިލާފްވާ ފަރާތްތަކާއިމެދު އެޗް.ޕީ.އޭ ގެ ގައިޑްލައިންއާ ފިޔަވަޅުއެޅުން.
  • މިހާރެކޭއެއްގޮތަށް ހަވީރު 16:00 އިން ރޭގަނޑު 21:00 އަށް ޕޮލިސް ޕޯޓަލްއިން ހުއްދަ ނަގާފައިވާ ފަރާތްތަކުން ޑެލިވަރީގެ ޚިދުމަތް ދިނުން.
  • ހޮޓާ ރެސްޓޯރަންޓް ޙިދުމަތް ދިނުމާއި ގުޅޭގޮތުން އީއޯސީ އިން ކަނޑައަޅާފައި އުޞޫލާއި އެއްގޮތަށް އަމަލްކުރޭތޯ ބެލުން.
  • މިހާރެކޭއެއްގޮތަށް ހަވީރު 16:00 އިން ރޭގނޑު 22:00 އަށް ޕޮލިސް ޕޯޓަލްއިން ހުއްދަ ނަގާފައިވާ ފަރާތްތަކުން ޑެލިވަރީގެ ޚިދުމަތް ދިނުން.

މީގެ އިތުރުން ފިހާރަތަކުގެ ޚިދުމަތް ދިނުމުގައި އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރޭ ތޯ ބަލައި, އުސޫލާ ޚިލާފަށް އަމަލު ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްވެސް ކައުންސިލުން ވަނީ އަންގާފައެވެ.

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top