ދިވެހި ރެޑް ކްރެސެންޓުން (އެމް.އާރް.ސީ) އިން އައްޑޫ ސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ބައްދަލުވުމަކީ އައްޑޫ ސިޓީގެ ކައުންސިލް މެންބަރުންނާއި އެމް.އާރް.ސީ ތަޢާރަފްވެލެއްވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއްކަމުގައި އައްޑޫ ސިޓީ ކައުންސިލުން ހާމަ ކޮށްފައިވެއެވެ.
މިއަދު މި ބޭއްވުނު ބައްދަލު ވުމުގައި އެ ޖަމިއްޔާއިން ފާއިތުވި އަހަރާއި މި އަހަރުގެ މިހާތަނަށް ހިންގާފައިވާ ޙަރަކާތްތަކާއި، ކުރިއަށް ރާވާފައިވާ ޙަރަކާތްތަކާ ބެހޭ މަޢުލޫމާތު ކައުންސިލާ ޙިއްސާކުރައްވާފައިވެއެވެ






