ގއ.ދެއްވަދޫ ކައިރިއަށް މިއަދު ހެނދުނު އެންދަމަން ފޭބި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެގޮތުން އެމީހާ ދެއްވަދޫ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ފަތިހު 4:40 ހާއިރު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ހދ. ވައިކަރަދޫ ކަސްތޫރިގޭ މުހައްމަދު ރަޝީދު ކަމަށް މައޫލޫމާތު ލިބިފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި ރަޝީދުގެ ހަށިގަނޑު މިހާރު ވަނީ އޭނާގެ އަންހެނުން ރަށް ކަމަށްވާ އައްޑޫ ސިޓީއަށްް ގެންދެވިފައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.






