Close

ގަމު ކޮވިޑު މެނޭޖްމަންޓް ފެސިލިޓީން 77 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޮވިޑުގައި ލ.އަތޮޅު ކޮވިޑު މެނޭޖްމަންޓް ފެސިލިޓީން މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު މިއަދު 09:13 ގައި ނިޔާވެފައިވާ ކަމަށެވެ.އަދި އެއީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް ކަމަށްވެސް ބުނެފައިވެ އެވެ

އަދި އޭނާ ނިޔާވީ ލ.އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

މިވަގުތު ލާމު އަތޮޅުގައި ޖުމްލަ 357 އެކްޓިވް ކޭސް އެބަތިއްބެވެ.

މިއާއެކު ކޮވިޑުގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 189އަށް އަރާފައެވެ.

ފާއިތުވި ދުވަސްތަކުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން ދިޔަނަމަވެސް، މި ބަލީގައި ނިޔާވާ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top