ނާޒުކު ހާލަތުގައި އޮތް ގއ. ދާންދޫ އަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ދާންދޫ އަށް ދިމާވެފައިމިވާ ނާޒުކު ހާލަތުގައި އެސްޓީއޯގެ ހެޔޮއެދުންތަކާއިއެކު ހަދިޔާކޮށްފައިވަނީ ކާޑު އަދި އެހެނިހެން ކާބޯތަކެތީގެ ބާވަތްތަކާއި އަސާސީ ބައެއް ސާމާނު މިހާރު މުދާ އުފުލާ ދޯންޏަކަށް އަރުވާފައިވާކަމަށް ދާންދޫ ކައުންސިލް އިދާރާއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.
މިޓުވީޓުގައި ދާންދޫ ކައުންސިލުންވަނީ އެސްޓީއޯގެ މެނޭޖްމަންޓް އާއި މުވައްފުންނަށް ޝުކުރު ދަންނަވާފަ އެވެ.
#TogetherInThisPandemic https://t.co/nDJTgmO6SX
— STO (@stoplc) June 8, 2021
ކޯވިޑް19ގެ ބަލިމަޑުކަން އެރަށުގައި ފެތުރި މިހާރު އެރަށުންވަނީ 326 މީހުން ޕޮޒިޓިވްވެފައެވެ. މިވަގު އެކްޓިވް ކޭސްގެ ގޮތުގައި 149 މީހުން ތިބި އިރު އެރަށުން ވަނީ 2 މީހުން މިބަލީގައި ނިޔާވެފައެވެ.







1 ކޮމެންޓް
ތި މުދަލުގައ މަތްﷲ ބަރަކާތް ލައްވާ ށި އެވެ