ގދ. ގައްދޫ އިން ކޮވިޑް-19 އަށް ޕޮޒިޓީވްވެފައިވާ ބަލިމީހަކު ހާލުދެރަވުމުގެ ސަބަބުން ގދ. ތިނަދޫ ކޮވިޑް ފެސިލިޓީއަށް ޓްރާންސްފަރ ކޮށްފިއެވެ.
އުމުރުން 53 އަހަރުގެ އަންހެން މީހާ އެފެސިލިޓީއަށް ޓްރާންސްފަރ ކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ، މި މީހާ ތިނަދޫ ކޮވިޑް ފެސިލިޓީއެއް ޓްރާންސްފަރ ކޮށްފައިވަނީ ސީ އެމްބިއުލާންސްގެ އެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އެ މީހާ ފެސިލިޓީއަށް ޓްރާންސްފަރ ކުރީ އޮކްސިޖަން ލެވެލް ދޭތެރެދޭތެރެއިން ދަށްވަމުންދާތީ ޑޮކްޓަރުންގެ ލަފާގެ މަތީންނެވެ. އަދި އަދި އެމީހާ އަކީ ހިތުގެ ބައްޔަކަށް ފަރުވާ ހޯދަމުން ދާމީހެއް ކަމުގައި މަޢުލޫމާތު ލިބިފައިވެއެވެ.
މިވަގުތު ގައްދޫގެ ކޮވިޑް ގެ ހާލަތަށް ބަލާއިރު މިއަދު 6 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި 8 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އެއާއެކު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 40 އަށް އަރާފައެވެ.






