Close

ޑައިވް ކުރަނިކޮށް ޑީކޯވި ބިދޭސީ މީހާ އިތުރު ފަރުވާއަށް މާލެ ގެންގޮސްފި

ގދ. ވާދޫ ކައިރިއަށް ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި ޑީކޯވި ބިދޭސީއަކު އިތުރު ފަރުވާއަށް މާލެގެންގޮސްފިއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވި ގޮތުގައި މި މީހާ ފުރަތަމަ ގެންދެވުނީ ވާދޫ ހެލްތު ސެންޓަރަށް ކަމާއި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެނެވުނީ ހާލު ދެރަވެގެން ކަމުގައި ވިދާޅުވި އެވެވެ.

ތިނަދޫ ހޮސްޕިޓަލް އަށް ގެންދިއުމަށް ފަހުގައިވެސް އެނާގެ ހާލު އިތުރަށް ދެރަވަމުން ދިއުމުގެ ސަބަބުން އެމްއެންޑީއެފްގެ ހެލިކަޕްޓަރުގައި އިތުރު ފަރުވާއަށް ވަނީ މާލެ ގެންގޮސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑައިވިން ކުރަނިކޮށް ޑީކޯ ވެގެން މާލެ ގެންދެވުނު ބިދޭސީ އަކީ އުމުރުން  24 އަހަރުގެ މީހެކެވެ.

އެމްއެންޑީއެފް އިން ހާމަ ކޮށްފައިވާ ގޮތުގައި ބިދޭސީ މީހާ މާލެ ގެނެވުނީ މިއަދު މެންދުރު 14:27 ގައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top