Close

އަމާޒަކީ ދައުރު ނިމުމުގެ ކުރިން ފުވައްމުލަކުގައި 500 ހައުސިން ޔުނިޓް އެޅުން: އަބްދުﷲ ނާސިރު

 ފުވައްމުލަކު ސިޓީގައި ދައުރު ނިމުމުގެ ކުރިން 500 ހައުސިން ޔުނިޓް އެޅުމަށް އަމާޒުހިފާފައިވާކަމަށް ފުވައްމުލަކު ސިޓީގެ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނާސިރުގެ ވިދާޅުވީ 500 ހައުސިން ޔުނިޓްތަކުގެ ވާހަކަ އަކީ މިފަހަރު ކެމްޕެއިނުގައި މޭޔަރ އަދި ކައުންސިލަރުންވެސް އެންމެ ހަރު އަޑުން ދެއްކި އެއް ވާހަކަ ކަމަށެވެ. އެހެންކަމުން މި 5 އަހަރު ތެރޭގައި މިކަން ވެގެން ދިއުމަކީ ވަރަށް ކަމެއްގެ ގޮތުގައި ފާހަގަކޮއްފައި ވެއެވެ.

ފުވައްމުލަކުގެ ރައްޔިތުން އެންމެ އެދޭ އެއްކަމަކީ ބޯހިޔާވަހިކަމަށް ހައްލެއް ލިބުން ކަމަށާއި އެންމެ ފަހުން ފުވައްމުލަކުން ގޯތި ދޫކޮށްފައި ވަނީ 2006 ވަނަ އަހަރުގައި ކަންމަށް ނާސިރު ވިދާޅުވި އެވެ.

މީގެ އިތުރުން ފުވައްމުލަކުގެ ކުރިއެރުމާއި ތަރައްޤީ ގުޅިފައިވަނީ ރައްޔިތުންނާއި ކަމަށްވާތީ އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަޅަން ނިންމާފައިމިވާ މި ހައުސިން ޔުނިޓްތައް އަޅަން ފެށުމުގެ ކުރިން ފްލެޓް އަޅާނެ ބިންތަށް ކަނޑައެޅުން ވެސް މުހިއްމުކަމަށް ކަމަށް ނާސިރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އަދ ިނާސިރު ވިދާޅުވީ ހައުސިން ޔުނިޓްތައް އަޅަން ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކަމަށްވާއިރު މިކަން ކުރަން ޖެހޭނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ހުޅުވާލެވިގެން ކަމަށެވެ.

ކައުންސިލްގެ މިއަދުގެ ޖަލްސާ ނިމިގެން ދިޔައީ ނާސިރު ހުށަހެޅުއްވި ކަންކަން ފާސްވެގެންނެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top