Close

ހޯނޑެއްދޫ ކައުންސިލަށް ލަފާދޭ ކޮމެޓީއެއް އެކުލަވާލުމަށް މެންބަރުން ހޯދަނީ

ގދ. ހޯނޑެއްދޫ ކައުންސިލަށް ލަފާދޭ ކޮމެޓީ އެއް އެކުލަވާލުމަށާއި ކޮމިޓީއަށް މެންބަރުން ހޯދުމަށް އެކައުންސިލުން އިއުލާންކޮއްފި އެވެ.

ހޯޑެއްދޫ ކައުންސިލުންކުރި އިއުލާނުގައި ބުނެފައިވަނީ އެ ކައުންސިލާއި ސަރުކާރުގެ އިދާރާތަކުން ރަށުގެ ތަރައްޤީއަށް ރާވާ ހިންގުމަށް ހަމަޖެހިފައިވާ އެކިއެކި މަޝްރޫޢުތަކާއި އެހެނިހެން ޙަރަކާތްތައް ހިންގުމުގައި ރަށުގެ އާންމު އަދި މުއައްސަސާތަކުގެ މީހުންގެ ފަރާތުން ލަފާ ހޯދައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަމަށެވެ.

ލަފާދޭ ކޮމެޓީއެއް އެކުލަވާލުމުގައި ރަށުގެ ޢާއްމު ރައްޔިތުންގެ ތެރެއިން05 މެމްބަރުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން 5 މެމްބަރުން ބޭނުންވާކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން ލަފާދޭ ކޮމެޓީގެ މެމްބަރަކަށް ވުމަށްއެދޭ ފަރާތްތަކުން 2021 ޖޫން 24 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެކަން ބަޔާންކޮށް ކައުންސިލް އިދާރާއަށް ސިޓީއެއް ފޮނުވައި ސިޓީއާއެކު އައިޑީ ކާޑުގެ ކޮޕީއެއް ހުށަހެޅުމަށް އެ އިލުލާނުގައި ބުނެފައިވެ އެވެ .އަދި ހޯނޑެއްދޫގެ ކައުންސިލް އިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ސިޓީ ބަލައިގަނެވޭނެކަމަށް އެކައުންސިލުން ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top