މުއްދަތު ހަމަވެފައިވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ( އައިޑީ ކާޑު) ބޭނުންކުރުމުގެ މުއްދަތު ވަނީ އޮގަސްޓްމަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އިން އިއުލާން ކޮށްފައިވާ ގޮތުގައި މިގޮތައް ނިންމާފައިމިވަނީ ކޮވިޑް19ގެ ސަބަބުން އެއްތާކަށް ގިނަ ބަޔަކު އެއްވެ އުޅުމަކީ އެދެވިގެންވާ ކަމަކަށް ނުވާތީއެވެ.
ކޮވިޑް19 އިން ރައްކާތެރި ވުމަށް ސަރުކާރާއި އެޗްޕީއޭ ގެ ގަވައިދު ތަކާއި އަޅަމުން ގެންދާ ފިޔަވަޅު ތަކުގެ ސަބަބުން ގިނަ ބައެއްގެ އައިޑީ ކާޑު މުއްދަތު ހަމަވެ ކާޑު އާކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވެ، ސިއްހީ ހިދުމަތް ހޯދުމުގައި ދަތި ތަކެއްް ކުރިމަތި ވެދާނެ ކަމަށް ވިސްނާ ދުވަސް ހަމަވެފައިވާ ކާޑު ތައް 31 އޮގަސްޓު 2021 ގެ ނިޔަލަށް ބޭނުން ކުރެވޭނެކަމަށް ޑިޕާޓުމެންޓް އޮފްނޭޝަނަލް ރެޖިސްޓްރޭޝަން އިން އާންމު ކޮށްފައިވެއެވެ.
އެހެންނަމަވެސް މާލެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ މީހުންނަށް އެހުނެކޭ އެއްފަދައިން އޮންލައިންކޮށް އައިޑީ ކާޑު ހެއްދުމަށް ހުށައެޅޭނެ ކަމަށް އިއުލާން ކޮށްފައިވެއެވެ.






