Close

ގަމުން ކޮވިޑްގެ އާ ކޭސްއެއް ނުފެނި 2 ދުވަސް، ބަލި ކޮންޓްރޯލް ކުރެވިދާނެ ކަމުގެ އިޝާރާތެއް

ލ.ގަމުން ފާއިތުވި 2 ދުވަހު ކޮވިޑްގެ ޕޮޒިޓިވް ކޭސްއެއް ފެނިފައިނުވުމުން އެރަށުން ކޮވިޑް ކޮންޓްރޯލް ކުރެވިދާނެކަމުގެ އުންމީދު ބޮޑުވެއްޖެ އެވެ.

ލ.ގަން ރީޖަނަލް ހޮސްޕިޓަލް އިން އާންމުކޮށްފައިވާ މައުލޫމާތައް ބަލާއިރު ފާއިތުވެދިޔަ ދެ ދުވަހު 3 މީހުން ކޮވިޑް ބަލިން ރަނގަޅު ވެފައިވާއިރު މި 2 ދުވަހު އެރަށުގައި އެއްވެސް ޕޮޒިޓިވް ކޭސް އެއް ރިޕޯޓް ކޮށްފައެއް ނުވެއެވެ. ނަމަވެސް އަދި ނަތީޖާ ނުލިބޭ 46 ސާމްޕަލް އެބަހުރި ކަމަށް އެ ހޮސްފިޓަލުން މައުލޫމާތު ދެއެވެ. މިވަގުތު ގަމުގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 57 މީހުންނެވެ.

މިހާތަނަށް ލ.ގަމުން ޕޮޒިޓިވް ވި މީހުންގެ އަދަދު 322 ވަނީ އަރާފައިވީނަ މަވެސް މިހާތަނަށް 263 މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ. އަދި ގަމު ކޮވިޑް ފެސިލިޓީގައި 2 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަތޮޅު ތެރޭގައި ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް ލ.ގަން ރީޖަނަލް ހޮސްޕިޓަލުން ދޭތެރެ ދޭތެރެއިން ރޭންޑަމް ސާމްޕަލް ތަކެއްވެސް ވަނީ ނަގާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top