ގަމު ކޮވިޑު ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ އެވެ.
ގަން ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަލީ ނަޝީދު ވިދާޅުވީ ގަމު ކޮވިޑު ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 10:45 ހާއިރު ނިޔާވެފައިވަނީ އުމުރުން 92 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ އަކީ ލ. ހިތަދުއަށް ނިސްބަތްވާ މީހެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިވަގުތު ލާމު އަތޮޅުގެ އެކްޓިވް ކޭސްތައް 245 ވަނީ އަރާފައެވެ. އަދި ގަމުގެ އެކްޓިވް ކޭސް ތަކުގެ އަދަދަކީ 56 މީހުންނެވެ.
ކޮވިޑުގައި މިއަދު ހިތަދުއަށް ނިސްބަތްވާ މީހަކު ނިޔާވެފައިވާއިރު މިއީ ލާމު ގަމުގައި ގާއިމްކޮށްފައިވާ ކޮވިޑު ފެސިލިޓީގައި ނިޔާވި ފަސްވަނަ ފަރާތެވެ.






