Close

ރަންދި26 މަސް ބޯޓުން 10 މުވައްޒަފުން ޕޮޒިޓިވް، 25 ދޯންޏަކުންވަނީ އެބޯޓަށް މަސްކިރާފަ

ރަންދި 26 އިން 10 މުވައްޒަފުން ޕޮޒިޓިވް ވެފައިވާކަމަށް ކޫއްޑޫ ފިޒަރީޒް ކޮމްޕްލެކްސްއިން ބުނެފި އެވެ.

އެކުންފުނީގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ 25 ދޯންޏަކުން އެބޯޓަށް މަސްކިރާފައިވާކަމަށެވެ.

އެ ދޯނި ފަހަރަކީ ނިމިދިޔަ ހަފްތާގައި އެބޯޓަށް މަސްކިރާފައިވާ ދޯނި ފަހަރުކަމަށާއި އެންމެންގެ ރައްކާތެރި ކަމަށްޓަކާ މިދޯނި ފަހަރުގެ ފަޅުވެރިން 14 ދުވަހަށް ކަރަންޓީނުވެ އަދި އެހެން އެއްވެސް ފަރާތަކާއި ދިމާވެފައިވާނަމަ އެފަރާތް 7 ދުވަހަށް އެކަހެރިވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން އެއްވެސް ފަރާތަކަށް ކޯވިޑް 19 ގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ލަސްނުކުރައްވާ ކަމާއި ބެހޭ ފަރާތްތަކަށް އެންގެވުން އެދޭކަމަށް ވަނީ ދަންނަވާފައެވެ.

އެންމެންގެ ރައްކާތެރިކަމަށް ފަރުދީ ޒިންމާ އަދާ ކުރެއްވުމަށްވެސް އެފަރާތުން ވަނީ އެދިފައެވެ.

އެބޯޓުން މަސްކިރާފައިވާ ދޯނިފަހަރަށް ބަލާއިރު ދެކުނުގެ ގިނަ އަދަދެއްގެ ދޯނިފަހަރު ހިމެނެއެވެ. އަދި މާލެ އަތޮޅަށް ނިސްބަތްވާ ދޯނިފަހަރުވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top