މި އަހަރު ހައްޖުގެ އަޅުކަމަށް ފުރުސަތު ދެނީ 60،000 މީހުންނަށް ކަމަށް ސައުދިއަރަބިއްޔާގެ ހައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި ނިންމާފައިވަނީ ކޮވިޑް 19 އިން ރައްކާތެރިވުމަށް ސަައުދީގައި އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާއެކު ފުރުސަތު ދީފައިވަނީ މުޅީންވެސް ސައުދީގައި ތިބި މީހުންނަށްކަމަށް ކަމަށެވެ.
ހައްޖުގެ އަޅުކަމަށް ފުރުސަތުދޭ 60،000 މީހުންނަކީ އުމުރުން 65 އަހަރުން ދަށުގެ ސިއްހީ ގޮތުން ރަނގަޅު މީހުންނަށް ކަމަށާއި ދޮށީ އުމުރުގެ މީހުންނަށް ހައްޖުވުމުގެ ފުރުސަތެއް މި އަހަރު ނެތްކަމަށް އެ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.
ކޮވިޑް 19 ބަލިމަޑުކަމާއި ގުޅިގެން މިދިޔަ އަހަރަކީ ފަހުގެ ތާރީހެއްގައި އެންމެ މަދު ބަޔަކާއެކު ހައްޖުގެ އަަޅުކަން ކުރިއަށް ގެންދިޔަ އަހަރެވެ.ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައިވަނީ ސައުދީގައި ތިބި 10,000 މީހުންނެވެ.






