Close

ކޮވިޑްގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެ، ޖުމްލަ އަދަދު 200 އާއި ގާތަށް

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެ، މި ބަލީގައި ޖުމްލަ ނިޔާވި މީހުންގެ އަދަދު 200 އާއި ގާތަށް ޖެހިލައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު 11:19 ހާއިރު ޑީއެޗް-11 ގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެފައިވާކަމަށެވެ.

އެގޮތުން ނިޔާވެފައިވަނީ އުމުރުން 55 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާއެކު ކޮވިޑް-19 ގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 198 ކަށް އަރާފައެވެ.

ރާއްޖެއިން މިހާތަނަށް ޖުމުލަ 70،301 މީހުން ކޮވިޑް-19 އަސް ޕޮޒިޓިވްވެފައިވެއެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 9،326 މީހުންނެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން 88 މީހުން ފަރުވާދެމުން އަންނަކަމަސް އެޗްޕިއޭއިން މައުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top