އެއާޕޯޓް ފަދަ ސްޓްރެޓެޖިކް ގައުމީ އެސެޓްތަކުގެ ކޮންޓްރޯލް ދޫކޮށްލުމަކީ ބުއްދިވެރި ކަމެއްނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން އަބްދުއްލާ ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
އަބްދުއްލާ ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއަރޕޯރޓް ފަދަ ސްޓްރެޓެޖިކް ގައުމީ އެސެޓްތަކުގެ ކޮންޓްރޯލް ދޫކޮށްލުމަކީ ބުއްދިވެރި ކަމެއްނޫން ކަމަށާއި ހިތަށްވެސް ނުގެނެވޭ ފަދަ ދުއްތުރާލާ ފަހުން ކުރިމަތިލާން ޖެހިދާނެކަމެއް ކަމަށެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވެފައިމިވަނީ ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) ސަރުކާރުން އިއްޔެ އިސްލާހު ގެނައުމާ ގުޅިގެންނެވެ.
އެއަރޕޯރޓް ފަދަ ސްޓްރެޓެޖިކް ގައުމީ އެސެޓްތަކުގެ ކޮންޓްރޯލް ދޫކޮށްލުމަކީ ބުއްދިވެރި ކަމެއްނޫން. ހިތަށްވެސް ނުގެނެވޭ ފަދަ ދުއްތުރާލާ ފަހުން ކުރިމަތިލާން ޖެހިދާނެ
— Abdullah Kamaludeen (@akdeen) June 14, 2021
މި އިސްލާހުގައިވާ ގޮތުގެ މަތިން ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި 50 އަހަރު ދުވަހުގެ މުއްދަތަށް އެއާޕޯޓް ހިންގޭނެ ގޮތް ވަނީ ހަދައިފަ އެވެ.
މީގެއިތުރުން ސަރުކާރުން އިއްޔެ އިސްލާހު ގެނައުމާއެކު، ސިފައިންގޭގައި 33 އަހަރު ވަންދެން ހިދުމަތް ކުރެއްވި، އަސްކަރީ ތަޖުރިބާކާރު އިބްރާހިމް މުހައްމަދު ދީދީ ކަންބޮޑުވުން ފާޅުކުރައްވާފަައިވެ އެވެ.
ބޭރުގެ މީހުންނަށް ރާއްޖޭގައި އެއާޕޯޓު ހިންގުމުގެ ފުރުސަތު ސަރުކާރުން ކުއްލި ގޮތަށް މި ދިނީ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އިންޑިއާގެ ވިޔަފާރިވެރިންނަށް ފުރުސަތު ދިނުމަށެވެ.






