މިއަދު އައްޑޫ ސިޓީ އިން އިތުރު 20މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. މިއަދު ޕޮޒިޓިވް 20 މީހުންނަކީ ހިތާދޫ މީހުންނެވެ. އޭގެ ތެރޭގައި ވަނީ 12ދިވެހިންނާއި 8 ބިދޭސީންނެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފައިވާ ގޮތުގައި މިއަދު ފެނުނު 20 ކޭސްގެ ތެރޭގައި ހިމެނެނީ ރެންޑަމް ސާމްޕަލް އިން ޕޮޒިޓިވްވި 9 މީހަކާއި، ފްލޫ ކްލިނިކަށް ދެއްކި ދެ މީހެއްގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 9 މީހެކެވެ.
މިވަގުތު ޕޮޒިޓިވް ކޭސްތަށް ފެނިފައިވާ އަވަށްތަކުގެ ތެރޭގައި ހިތަދޫގެ 63 މީހުން މަރަދޫގެ 2 މަރަދޫފޭދޫގެ 1 ފޭދޫ 1 އަދި ހުޅުދޫއިން 6 މީހެކެވެ.
ކޮވިޑް -19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު އިތުރު 18 މީހުން ރަންގަޅުވެ ޖުމްލަ އަދަދު ވަނީ 73 އަށް އަރާފައެވެ.
ހޮސްޕިޓަލްގައި މިވަގުތު އެކަކަށް ފަރުވާ ދެމުން ދާއިރު މިބަލީގައި އައްޑޫން މަރުވެފައި ވަނީ 2 މީހުންނެވެ.






