އިއްޔެގެ ނިޔަލަށް ލާމުު އަތޮޅުން ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދު 198 އަށް އަރައިފި އެވެ.
ހުކުރު ދުވަހު ލާމު އަތޮޅުގެ 4 ރަށަކުން 11 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އިއްޔެ ޕޮޒިޓިވް ވެފައިވަނީ ގަން މާބައިދޫ ހިތަދޫ އަދި މާވަށުންނެވެ.
މިވަގުތު ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ރަށްތަކުގެ ތެރޭގައި ގަމުން 40 ޕޮޒިޓިވް ކޭސް، މާންދޫ އިން 01 ޕޮޒިޓިވް ކޭސް، އިސްދޫ އިން 54 ޕޮޒިޓިވް ކޭސް، ކަލައިދޫ އިން 30 ޕޮޒިޓިވް ކޭސް މާބައިދޫ 2 ޕޮޒިޓިވް ކޭސް ފޮނަދޫ އިން 8 ޕޮޒިޓިވް ކޭސް، ހިތަދޫ އިން 7 ޕޮޒިޓިވް ކޭސް، މާމެންދޫ އިން 2ޕޮޒިޓިވް ކޭސް އަދި މާވަށުން 54 ޕޮޒިޓިވް ކޭސްއެވެ. މިވަގުތު އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް މީހުން ތިބީ މާވަށުގައެވެ.
ލާމު އަތޮޅުގައި މިހާތަނަށް 1347 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 1143 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.އިއްޔެ 2 މީހުން ވަނީ މި ބަލިން ފަސޭހަ ވެފައެވެ.
ލާމު އަތޮޅުން ކޮވިޑް ބަލީގައި މިހާތަނަށް 6 މީހަކު ވަނީ ނިޔާވެފައެވެ.






