Close

ހިތަދޫއަށް އަރާ ފޭބުމަށް ހާއްސަ ހުއްދައެއް ބޭނުންވާނެ: މޭޔަރު އަލީ ނިޒާރު

 އައްޑޫގެ ގުޅިފައިވާ އެއް އަވަށުން އަނެއް އަވަަށަށް ދަތުރުކުރެވެނީ ހާއްސަ ހުއްދައެއް ހޯދައިގެންކަމާއި ޒަރޫރީ ބޭނުމެއްގައި ނޫނީ ހިތަދޫ އަށް ނުދިއުމަށް މޭޔަރު އަލީ ނިޒާރު ވަނީމިއަދު އީއޯސީ އިން ބޭއްވި ކޮންފަރެންސެއްގައި އެދިވަޑައިގެންފައެވެ.

ހިތަދޫގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވާތީ، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން އަދި ކައުންސިލުގެ އެއްބާރުލުމާއެކު ދަނީ އަތޮޅު އަދި އަވަށްތަކުގެ ތެރޭގައި ސަލާމަތީ ފިޔަވަޅުތައް އިތުރު ކުރަމުންނެވެ.

ހިތަދޫގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރޭގައި މިހާރުވެސް ހިންގަމުންދާ ކާފިއު ވަގުތު ވަނީ އިތުރުކޮށްފައެވެ. އެގޮތުން ބުރާސްފަތި ދުވަހުން ފެށިފެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން އިން ހެނދުނު 8:00 އާ ހަމައަށް ހިތަދޫގައި ބޭރަށް ނުކުމެވޭނީ ހާއްސަ ހާލަތުތަކެއްގައި އެކަނި ކަމަށާއި އަދި އެކަމަށް ހާއްސަ ފާހެއް ވެސް ބޭނުން ވާނެއެވެ. އަދި ކޮންމެ ގެއަކަށް ދޫކުރެވޭނީ 2ފާސް ކަމުގައިވެސް އީއޯސީ އިން ހާމަ ކޮށްފައިވެއެވެ.

ހިތަދޫގައި ކޮވިޑްކޭސްތައް އިތުރުވަމުންދާ އިރު މިއަދު ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 15 މީހުންނެވެ. މި 15 މީހުންގެ ތެރޭގައި ހިމެނެނީ ޑައިރެކްޓް ކޮންޓެކްޓުންގެ 11 މީހަކާއި ރޭންޑަމް ސަވައިލަންސްގެ 4 މީހެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top