ކޮވިޑު ޖެހިގެން ލ. ގަމުން މީހަކު ނިޔާވެއްޖެއެވެ.
މައުލުމާތު ލިބިފައި ވާގޮތުގައި އެރަށުން މަރުވެފައިވަނީ 59 އަހަރުގެ އަންހެނެއް ކަމަށާއި އޭނާއަކީ އެރަށު ތުނޑީ އަވަށު މީހެއް ކަމަށެވެ. އޭނާ މަރުވެފައިވަނީ މިރޭ 9:23 ގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ ފަސްވަނަ ދުވަހު ކަމަށާއި މީގެ ކުރިންވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވާ ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ މިއަދު ހާލު އިތުރަށް ގޯސްވެ، އަލުން އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ކަމަށްވެސް ވިދާޅުވި އެވެ.
މި މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 199 އަށް އަރާފަ އެވެ.






