ގދ. އަތޮޅު ކައުންސިލުން ގދ. ތިނަދޫ ކައުންސިލް އާއި ބައްދަލުކޮށްފި އެވެ.
މި ބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިހަތު ގުދުރަތުﷲ އާއި ތިނަދޫ ކައުންސިލް ރައީސް ސައުދު އަލީގެ އިތުރުން ތިނަދޫ ކައުންސިލް ގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ބޭއްވުނު ބައްދަލުވުމުގައި ތިނަދޫ ކައުންސިލުން މިވަގުތު ކުރަމުންދާ މަސައްކަތްތަކާއި، އަދި ކުރިއަށްހުރި މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. އަދި މީގެ އިތުރުން ތިނަދޫގެ ކޮވިޑް ހާލަތު ހުރިގޮތް ބަލައި، އެކަމުން އަރައިގަތުމަށް ކުރެވެންހުރި ކަންތައްތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލު ވުން މިބޭއްވީ މަސައްކަތްތައް ހަލުވި ކުރުމައްޓަކައި އަތޮޅު ކައުންސިލުން ތިނަދޫގެ އެކި މުއައްސިސާތަކާއި ބައްދަލުކޮށް މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށް ހުރި ދަތިތައްބަލައި އެކަންކަމަށް ހައްލު ހޯދައި ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންކަން ފާހަގަކުރެވެއެވެ.
މިއީ ގދ. ތިނަދޫ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި އެ އަތޮޅު ކައުންސިލުން ބައްދުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކައުންސިލް ރައީސްއާއެކު އަތޮޅު ކައުންސިލުން ވަނީ ބައްދަލުކޮށްފައެވެ.






