ގދ. ތިނަދޫ ކައުންސިލުން އޮންލައިންކޮށް ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސައިފި އެވެ.
ތިނަދޫ ކައުންސިލުން ކުރި އިއުލާނެއްގަި ބުނެފައިވަނީ ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އޮންލައިން ޓްރާންސެކްޝަންގެ ގޮތުގައި (ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފަރ ކޮށްގެން) ކަމުގައެވެ.
އެގޮތުން ފައިސާ ޖަމާކުރުމަށް ކައުންސިލުގެ 02 އެކައުންޓެއް ހުޅުވިފައިބާ ކަމަަށާއި ފައިސާ ޖަމާކުރުމަށްފަހު ޑިޕޮސިޓް ސްލިޕް މިއިދާރާގެ 7780165 ނަމްބަރަށް ވައިބަރ ކޮށްދެއްވުމުން އިދާރާއަށް ފައިސާ ލިބުނު ކަމުގެ ރަސީދު ވައިބަރ މެދުވެރިކޮށް ފޮނުވައި ދޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އަދި ފައިސާ ޓްރާންސްފަރ ކުރައްވާއިރު ޑިޕޮސިޓް ސްލިޕްގެ ރިމާކްސްގައި ޖަމާކުރައްވަނީ ކޮން ފައިސާއެއްކަން، ފައިސާދެއްވި ފަރާތުގެ އައި.ޑީ. ކާޑު ނަމްބަރާއި ފުރިހަމަ ނަން އަދި އެޑްރެސް ޖެހުމަށްފަހު ވައިބާ ކުުރުމަށް އެ ކައުން ސިލުން ވަނީ އިލްތިމާސްކޮށްފައެވެ.






