Close

ފަރެސްމާތޮޑާ ކައިރިން އެސްޓީއޯގެ ތެޔޮ ބޯޓެއް ދިޔަވާތީ އެމްއެންޑީއެފް ކޯސްޓާގާޑުން ހަރަކާތްތެރިވަނީ

ގދ. ފަރެސްމާތޮޑާ ކައިރިންއެސްޓީއޯގެ ތެޔޮ ބޯޓެއް ދިޔަވާތީ އެމްއެންޑީއެޕްގެ ކޯސްޓާގާޑުން އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

އެންއެންޑީއެފްއިން ވިދާޅުވީ، ދިޔަވަމުން ދަނީ އެސްޓީއޯގެ ތެޔޮއުފުލާ ބޯޓެއް ކަމަށްވާ "އެމްވީ އަލިމަސް"އަށް ކަމަށެވެ.

އެ ބޯޓުގައި 4.5 މިލިއަން ލިޓަރު ތެޔޮ ހުރިކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ. އެއީ 4322.735 ކިލޯ ލީޓަރު ޑީސަލް އަދި 456.514 ކިލޯލީޓަރު ޕެޓްރޯލެވެ.

އެ ބޯޓު އޮތީ ގދ. ފަރެސް މާތޮޑާ ކައިރީގައެވެ. އެ ބޯޓަށް ދިޔަވާކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ ހަވީރު 17:10 ގައެވެ.

ބޯޓަށް ދިޔަވަމުން ދިޔަ ތަން އެމްއެންއެންޑީއެފްގެ ޑައިވަރުންނަށް މިހާރު ދެނެގަނެވިފައިވާ ކަމަށާއި، އަދި ބޯޓަށް ދިޔަވުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއްވައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top