މި ދުވަސްވަރަކީ ކޮވިޑްގެ ސަބަބުން ގިނަ ބަޔަކު ގޭގައި ގިނަ ވަގުތު ހޭދަ ކުރަންޖެހިފައިވާ ދުވަސްވަރެއްވީމަ ގިނަ ބަޔަކު ޓެކްނޮލޮޖީގެ ބޭނުން ކުރުން ވަނީ އިތުރުވެގެން ގޮސްފައެވެ.އެގޮތުން މިވަގުތު ފުވައްމުލަކުގައި ވެސް އެންމެ އާންމު ކޮށް ބޭނުންކުރެވޭ މޯބައިލް އެޕް އެއް ކަމަށްވާ "ކްލަބް ހައުސް"މެދުވެރިކޮށް ތަރައްޤީގެ މަޝްވަރާތައް ރައްޔިތުންނާއި ކައުންސިލް މެމްބަރުން އެއްބައިވެ ކުރިއަށް ގެންދެއެވެ.
"ކްލަބް ހައުސް"މި އެޕްލިކޭޝަނަކީ ސިޔާސީ އަދި ސިޔާސީ މަޤާމްތަކުގައި ކުރިން އުޅުއްވި ފަރާތްތަކާއި ގިނަ އަދަދެއްގެ އާއްމު މެމްބަރުންވެސް ބޭނުން ކުރަން ފަށާފައިވާ އެޕްލިކޭޝަނެކެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލަރުންނަކީ ވަރަށް ތަފާތު ބަޔެއްކަން މިފަދަ ދަނޑިވަޅުތަކުގައި ދަނީ ސާބިތު ކޮށްދެމުންނެވެ.އެގޮތުން މިރޭ 20:00 ގައިވެސް "ބަހަ ކުރިއަރޮވަންނަ އަފުންނަ ވެއްނޭ ކޮން ކަމެއް" މި ސުރުޚީ އަށް ކުލަބު ހައުސް މެދުވެރިކޮށް ވާހަކަ ދައްކާފައެވެ. މި މަޝްވަރާ ގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ލިންކް މެދުވެރިކޮށް ބައިވެރި ވެވޭނެގޮތްވަނީ ހަދާފައެވެ.
ފުވައްމުލަކު ރައްޔިތުންނަކީ އަބަދުވެސް ޓެކްނޮލޮޖީއާއި ރައްޓެހި ބައެއް ކަމާއި ލޮކްޑައުން އަކީ ރަށު ތަރައްޤީ މެދުކެނޑުމަށް ދިމާވާ ހުރަހެއް ނޫންކަން މިވަނީ ސާބިތުކޮށް މިސާލު ދައްކާފައެވެ.






