Close

މަކަރާއި ހީލަތުން 7.4 މިލިއަނަށްވުރެ ގިނަ ރުފިޔާ އަތުލާފައިވޭ. ފުލުހުން

މިދިޔަ އަހަރުން ފެށިގެން މި ހިނގާ ޖޫން މަހުގެ 16 އާ ހަމައަށް 7.4 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން މަކަރާއި ހީލަތުން އަތުލާފައިވާކަމަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ފާއިޒު އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވެއްޖެއެވެ.

އެ 2 ބޭފުޅުން އެހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާގެ ޓެލެވިޜަން މޯލްޑިވްސްއިން ރޭ ގެނެސްދިން ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި އަހަރުގެ މިހާތަނަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 259 މައްސަލައެއް ހުށަހެޅިފައިވާއިރު އެ މައްސަލަތަކުގައި 3.9 މިލިއަން ރުފިޔާ އެކި މީހުންގެ އަތުން ނަގާފައިވާއިރު 2020 ވަނަ އަހަރު އެކަނިވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 226 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތަކުގައި 3.5 މިލިއަން ރުފިޔާ އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށް އިތުރަށް ވިދާޅުވެފައިވެއެވެ.

އެގޮތުން މަކަރާއި ހީލަތުން ފައިސާ ހޯދަމުން ދަނީ މީހުންގެ ނަމުގައާއި ފިހާރަތަކާއި ޖަމިއްޔާތައް އަދި ކުންފުނިތަކުގެ ނަމުގައި އެކި މީހުންނަށް ގުޅައިގެންކަމުުގައި އަދި އަދި މިފަދަ މައްސަލަތައް ކޮވިޑް ތެރޭގައި އިތުރުވެފައިވާ ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފަހަކަށް އައިސް ރޭވުންތެރިކަމާއެކު ކުންފުނިތަކުގެ ލިޔެކިއުންތައް ހަދައި އެ ކުންފުނިތަކުގެ ނަމުގައި އާއި ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަނޫން ސްލިޕް ފޮނުވަމުންދާ މައްސަލަތަކާއި ވައިބަރ އަދި ޓެލެގްރާމް ގްރޫޕްތަކުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާކަމާއި ޑޮލަރު ދޭނެކަމަށްބުނެ ދިވެހި ރުފިޔާ އަތުލުމަށްފަހު ޑޮލަރު ނުދޭ މައްސަލަތައްވެސް އަދި ފިހާރަތަކާއި ރިސޯޓުތަކަށް މުދާ ފޮނުވުމުގައިވެސް މަކަރާއި ހީލަތް ހަދަމުންދާ ކަމުގައި  މި ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

އެހެންކަމުން ކޮންމެ މީހަކުވިޔަސް ފައިސާގެ ބޮޑެތި މުއާމަލާތުތައް ކުރާއިރު އެއީ ކާކުކަން ނުވަތަ ކޮންބައެއްކަން ދެނެގަތުމަށާ އަދި އެ މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި    ކާޑުގެ މައުލޫމާތު ހޯދުމަށް ބެންކުން ނުވަތަ އެހެން އޮފީހަކުންވެސް ނުގުޅާނެކަން ހަނދާނުގައި ބެއްޓުމަށް އިލްތިމާސްކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top